ބޮލީވުޑްގެ އެކްޓަރު، އަދި ބީޖޭޕީއަށް ނިސްބަތްވާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނޯތް ކަރަންޓް ބިލްބޮޑުވުމުން އެކަމުގެ ޝަކުވާކޮށްފިއެވެ.
ކަންގަނާ ހިތްހަމަ ނުޖެހުނީ މަނާލީގައި ހުންނަ އޭނާގެ ގޭގައި މީހުން ނޫޅޭއިރުވެސް އެ ގޭގެ ކަރަންޓް ބިލް އެހާބޮޑުވުމުންނެވެ. އެ ގޭގެ ކަރަންޓް ބިލަށް ވަނީ އެއް ލައްކަ ރުޕީސް އަރާފައެވެ.
މަޖިލީހުގައި ކަންގަނާ ތަމްސީލްކުރާ އަވަށުގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަމުން ކަންގަނާ ވަނީ ބިލް ބޮޑުވުމުން އެކަމުގެ ރުޅިގަނޑު ހިމާޗަލް ޕްރަދޭޝް ސްޓޭޓް އިލެކްޓްރިކްސިޓީ ބޯޑުގެ އޮފިޝަލުންނަށް ބާލާފައެވެ. ކަންގަނާ ބުނީ ބިލްހެދުމުގައި ވަރަށްބޮޑަށް އޮޅުވާލާފައިވާކަމަށާއި، އެމީހުންގެ އެފަދަ ނެއްގާނީ ކަންކަމުން ސަލާމަތްވާން ޖެހޭކަމަށެވެ. ކަންގަނާ ބުނީ ގޭގައި މީހުން ދިރިނޫޅޭއިރު އެހާބޮޑު ބިލެއް އައުމަކީ ވެގެންވާނެ ގޮތެއް ނޫންކަމަށެވެ.
Advertisement
ކަންގަނާގެ ވާހަކަތަކާ ގުޅޭގޮތުން ހިމާޗަލް ޕްރަދޭޝްގެ ސްޓޭޓް އިެލކްޓްރިކްސިޓީން ބުނެފައިވަނީ، ކަންގަނާގެ ވާހަކަތައް ދޮގުކޮށް ބިލާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެ އޮތޯރިޓީން ބުނީ ކަންގަނާގެ ބިލް ތައްޔާރުކޮށްފައިވަނީ ޖެނުއަރީ އަދި ފެބުރުއަރީމަހު ނުދައްކާ ބިލްތައް ހިމަނައިގެން ކަމަށާއި އެ ބިލް ބޮޑުކަމަށް ދައްކަނީ އެހެންވެގެން ކަމަށެވެ. މިގޮތުން ބިލް ހެދުމުގައި އޮޅުވާލުމެއް ނޯންނާނޭކަމަށް އެފަރާތުން ބުންޏެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން ކަންގަނާއަކީ އަބަދުވެސް ވަރަށް މައްސަލަބޮޑު ތަރިއެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކަރަންޓް ބިލް ބޮޑު ކަމުން ކަންގަނާއަށް ވެސް ތަހަންމަލެއް ނުކުރެވުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ