މޯލްޑިވް ގޭސްއަށް ގޭސް ގަތުމުގެ އެންމެހާ މަސައްކަތްތައް ވަގުތީ ގޮތުން އެސްޓީއޯއިން ކުރާ ގޮތަށް ބަދަލުކުރަން އެސްޓީއޯގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު މިއަދު ވިދާޅުވީ ބޯޑުން މިއަދު ނިންމާފައި ވަނީ މިހާރު އޯޑަރުކޮށްފައިވާ ގޭސް ޝިޕްމަންޓްތައް ފިޔަވާ ދެން ކުރިއަށް ހުރި ގޭހުގެ ޝިޕްމަންޓްތައް ގަތުމުގެ ކަންކަން ސީދާ އެސްޓީއޯއިން ކުރިއަށް ގެންދަން ކަމަށެވެ.
"މިއީ ވަގުތީ ގޮތުން މި ވަގުތަށް ނިންމި ނިންމުމެއް،" ޝާހު ވިދާޅުވި އެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ތަފްސީލް - އެ ފިޔަވަޅު އަޅަން އެސްޓީއޯގެ ބޯޑުން މިއަދު ނިންމާފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވް ގޭސްއިން، ގޭސް ގަންނަން ދުބާއީގެ ކުންފުންޏަކަށް ފޮނުވި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގޭސް ނުލިބި ގެއްލުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެ ފައިސާ ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް މޯލްޑިވް ގޭސްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެ މައްސަލަ ދިމާވި ފަހުން ގޭސް ގަތުމުގެ ހުރިހާ ކަމެއް އެސްޓީއޯއިން ކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު ވަނީ މިއަދު އެކަން ދޮގުކުރައްވައިފަ އެވެ.
ގޭސް ގަތުން އެސްޓީއޯގެ ދަށަށް ވަގުތީ ގޮތުން ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ