މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގެއްގައި ލުނބޯ ވިއްކަން ފަށައިފިއެވެ. އެގޮތުން އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަމުންދަނީ 40 ރުފިޔާއަށެވެ. އަދި 5 ކިލޯގެ ފޮށިގަނޑެއް ވިއްކަމުންދަނީ 145 ރުފިޔާއަށެވެ.
މިވަގުތު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 75 ރުފިޔާއާއި 85 ރުފިޔާއާ ދެމެދުގައި ހުރިއިރު، އެސްޓީއޯއިން ވަނީ މި އަގުތަކަށްވުރެ ބޮޑު ލުއިކަމެއް ގެނެސްދީފައެވެ. ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯއިން ވިދާޅުވެފައިވަނީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމަށެވެ. މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ.
ލުނބޯގެ އިތުރުން ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ދަނީ ފިޔާ އަދި ކާށިވެސް ހެޔޮ އަގެއްގައި ވިއްކަމުންނެވެ. އެގޮތުން އެސްޓީއޯއިން ކާށި ވިއްކަމުންދަނީ ކާއްޓެއް 5 ރުފިޔާއަށެވެ. ނަމަވެސް ބާޒާރުގައި މިވަގުތު ކާށީގެ އަގު އުޅެނީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ. އަދި ފިޔާ ކިލޯއެއް އެސްޓީއޯއިން ވިއްކަމުންދަނީ 15 ރުފިޔާއަށެވެ.
އެސްޓީއޯއިން ލުނބޯ ކިލޯއެއް 40 ރުފިޔާ އަށް ވިއްކަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ