މާއެނބޫދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.މިއަދު އެ ރަށުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.މާއެނބޫދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށީ މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އެ އޭޓީއެމްއާ އެކު އެ ރަށުގައި ބެންކުގެ މުއާމަލާތްތައް ކުރުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ."މި ހިދުމަތް ފެށުމާ އެކު، މި ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ކުރިއަށް ގެންދާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ގާއިމުކުރެވުނު ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 96 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.ބީއެމްއެލް އިން ވަނީ އަންނަ މަހުން ފެށިގެން ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ