ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ ގޮތްތަކެއް އޮތްތޯ ބަލަމުންދާކަމުގައި ރައީސް ވިދާޅުވެއްޖެ

ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ ގޮތްތަކެއް އޮތްތޯ ބަލަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ހޮނިހިރު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ލޯންގް ލައިން ފިޝިންގއަށް ހުޅުވާލުމުގެ ވިސްނުން އަދި މިވަގުތު ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ނަމަވެސް، ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ ގޮތްތަކެއް އޮތްތޯ ބަލައިދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިވާ ކަމަށެވެ.
" [ކަށި މިޔަރުގެ މަސްވެރިކަމަކީ] ކުޅުދުއްފުށީގައި ވަރަށް ކާމިޔާބުކަމާއެކީގައި ކުރަމުން އައި ކަމެއް. ދެން އަޅުގަނޑު ދަންނަވާފައިވަނީ ކަމާ ބެހޭ އިދާރާތަކަށް އެންވަޔަރަމަންޓް އަދި ފިޝަރީޒް މިނިސްޓްރީއަށް އެ މަސްވެރިކަން އަލުން ހުޅުވާލެވޭނެ ގޮތްތަކެއް އޮތްތޯ ބަލައިދިނުމަށް." ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
"
އަޅުގަނޑު ވަރަށް ބޭނުން އެއީ [ކަށި މިޔަރުގެ މަސްވެރިކަން] ކުރެވޭނެ ކަމެއްވެއްޖެއްޔާ އެކަން ހުޅުވާލަން
ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވައިލުމަކީ އެމަނިކުފާނުވެސް ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި އެއީ ކުރެވޭނެ ކަމެއްކަމަށް ވެއްޖެއްޔާ ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޭނުން އެއީ [ކަށި މިޔަރުގެ މަސްވެރިކަން] ކުރެވޭނެ ކަމެއްވެއްޖެއްޔާ އެކަން ހުޅުވާލަން" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިންވެސް މިސަރުކާރުން މިޔަރުގެ މަސްވެރިކަމަށް ހުޅުވާލެވޭތޯ މަސައްކަތްކުރި އެވެ. އެގޮތުން ކައުންސިލްތައް މެދުވެރިކޮށް އެކަމާ ބެހޭ މައުލޫމާތުތައްވެސް އެއްކުރި އެވެ. އެ މައުލޫމާތު ކުޅުދުއްފުށީ ސިޓީ ކައުންސިލުންވެސް މަސްވެރިންނާ ބައްދަލުކޮށް ނަގައި ފިޝަރީޒް މިނިސްޓްރީއަށްވެސް ހުށަހެޅި އެވެ.
މިޔަރުގެ މަސްވެރިކަމަކީ ކުޅުދުއްފުށީގައި ފުޅާ ދާއިރާގެ ކުރަމުންދިޔަ މަސައްކަތެކެވެ. އެ ވިޔަފާރިން ގިނަ އަދަދެއްގެ ޑޮލަރުވެސް އޭރު ރާއްޖެއަށް ވެއްދި އެވެ. މިޔަރުގެ މަސްވެރިކަން މަނާކުރީ 2010 ވަނަ އަހަރު އެވެ. ފަހަކަށް އައިސް މިޔަރު އިތުރުވެ އޭގެ އުނދަގޫ ބޮޑުވުމުގެ މައްސަލަ މަސްވެރިންގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ