އަންހެނަކަށް ސިޔާސީ އަދި ޝަރުއީ ދާއިރާގެ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމުގެ ބާރުގަދަ ދަލީލުތައް އިސްލާމް ދީނުގައި އެބަހުރި ކަމަށް ކުރީގެ ރައީސް މައުމޫން މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސުމަކީ އިސްލާމީ ޝަރީއަތް ހުއްދަކުުރާ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލްމަޖީދު އަބްދުލްބާރީ ވަނީ އާދީއްތަ ދުވަހު އިދިކޮޅު އިއްތިހާދުން މ . ކުނޫޒުގައި ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ. ޑރ މަޖީދު ވިދާޅުވީ "ގިނަ އިލްމުވެރިންގެ ރައުޔުގައި އެއްވެސް ކަމެއްގައި އަންހެނަކު ގާޒީކަމަށް އައްޔަން ކުރުން ހުއްދައެއް ނުވާނެ ކަމަށެވެ." ޑރ މަޖީދު ވިދާޅުވީ އެއްވެސް ހާލެއްގައި ގިސާސްގެ މައްސަލަތަކާއި އަދި ހައްދުގެ މައްސަލަތަކުގައި އަންހެނުން ކުރާ ހުކުމް ހުއްދަ ނުވާނެ ކަމަށް ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.
ޑރ. މަޖީދުގެ އެވާހަކަ ރަނގަޅު ނޫން ކަމަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެން އިންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.
With due respect Sir there is strong evidence in Islamic law that women can hold all political and judicial offices.
ރައީސް މައުމޫންގެ ވާހަކަފުޅުތަކަށް ތާއިދު ކުރައްވާ ރައީސް މައުމޫންގެ ދަރިކަނބަލުން ހެލްތު މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު ދުންޔާ މައުމޫން ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ. ދުންޔާ ވިދާޅުވީ ރައީސް މައުމޫން ގެ ރިީފޯމް އެޖެންޑާގެ ދަށުން 2007 ވަނަ އަހަރު ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޒީން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އެއީ އުސްތާޒާ އައިޝާ ޝުޖޫން އާއި އުސްތާޒާ ހުޒައިފާ މުހަންމަދު ކަމަށް ދުންޔާ ވިދާޅުވިއެވެ. ކުރީގެ ފޮރިން މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ދުންޔާ ވިދާޅުވީ ރައީސް މައޫމޫންގެ ދައުރުގައި އެއައި ބަދަލު ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން ދުންޔާ ވިދާޅުވި ބައިނަލްއަގްވާމި ދުނިޔެއިން އެ ޕްރޮގްރެސިވް ވިސްނުމާއި އަދި އަންހެނުން ބާރުވެރިކުރުމަށް އެ ގެންނެވި ޕޮޒިޓިވް ފިޔަވަޅުތައް ބަލައިގެންފައިވާ ކަމަށެވެ. ދުންޔާގެ ޓްވީޓުގައި ވަނި އދ ގެ ހައްގުތަކާ ބެހޭ އެކްސްޕާޓް، ރާއްޖޭގެ ފުރަތަމަ އަންހެން ގާޒީން އައްޔަން ކުރެއްވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ 13 އޯގަސްޓް 2007 ގައި ނެރުއްވި ބަޔާނުގެ ސްކްރީން ޝޮޓެއްވެސް ހިމަނުއްވާފައެވެ. ދުންޔާ އިތުރަށް ވިދާޅުވީ އެއްވެސް ދައުލަތުގެ އިސް މަގާމެއްގައި އަންހެނަކު މަގާމުގައި ދެމިހުރުން މަނާ ނުކުރާ ކަމަށެވެ. އެއީ އެންމެ މަތީ މަގާމުވެސް ހިމެނޭ ގޮތުން ކަމަށް ދުންޔާ ވިދާޅުވިއެވެ. އިތުރަށް ދުންޔާ ވިދާޅުވީ އެފަދަ ކޮންމެ މަގާމަކަށް ދީނާއި، ގާނޫނު އަސާސީއާއި އަދި ގާނުނުތައް ވެސް ހުއްދަ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ އަންހެން ކަނބަލުން އެ ކަނބަލުންގެ ގާބިލިއްޔަތު ދައްކުވައިދީފައިވާ ކަމަށެވެ.
First women judges Uz Aisha Shujune and Uz Huzaifa Mohamed were appointed under @maumoonagayoom in 2007 @WLUML @ahmedshaheed #womenjudges pic.twitter.com/bdR3PlA5zs
The world welcomed the progressive thinking & positive steps taken towards the empowerment of women @UNMaldives @HopeforWomenmv @Uthema_MV pic.twitter.com/sGKWNir81d
Our religion, constitution & laws do not ban women from any public office, even the highest. Maldivian women have proven their capability.
މައުމޫން ހިންގަވާ "މައުމޫން ފައުންޑޭޝަނުން" މިދިޔަ އަހަރު ވަނީ ދައުލަތުގެ އެންމެ އިސްމަގާމުގައި އަންހެނަކު ހުރުމަކީ ދީން މަނާކުރާ ކަމެއް ނޫންކަމަށް ބަޔާންކުރާ ފޮތެއް ނެރުއްވާފައެވެ. މައުމޫން ހިންގަވާ "މައުމޫން ފައުންޑޭޝަނުން" މަރުހޫމް އަފްރާޝީމް އަލީ ލިޔުއްވި ފޮތް ޝާއިއު ކޮށްފައިވާއިރު މިހާރު ވަނީ ސްޕްރީމް ކޯޓަށް އަންހެން ކަނބަލަކު ގެންނަވަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކޮށް، އޭގެ ތެރެއަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުން ވަކިކުރައްވައި، އާޒިމާ އެ މަގާމަށް ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
ސަރުކާރު ހިންގާ ޕީޕީއެމުން ވަނީ ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން އުޅޭ ވާހަކަ ދޮގުކޮށްފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަންހެނަކަަށް ސިޔާސީ އަދި ޝަރުއީ ދާއިރާގެ ހުރިހާ މަގާމެއް ވެސް އަދާކުރެވިދާނެ ކަމުގެ ބާރުގަދަ ދަލީލުތައް ދީނުގައި އެބަހުރި: ކުރީގެ ރައީސް މައޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ