މިއަދު ހެނދުނު 11:00 އިން ފެށިގެން ރ. އަލިފުށިން ކަރަންޓް ކެޑިފައިވާކަމަށް އެރަށުން ބުނެފިއެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބުދުއްރަހުމާން ޔޫސުފް ވިދާޅުވީ، އަލިފުށިން ހެނދުނު 11 ޖެހިއިރު ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓުގެ ޚިދުމަތް ލިބޭވަރުވީ، ހަވީރު 17:30 ހާއިރު ކަމަށެވެ. އަދި އޭގެފަހުން އަނެއްކާވެސް ގާތްގަނޑަކަށް 19:30 ހާއިރު ކަރަންޓު ކެނޑުނުގޮތަށް އަދިވެސް ކަރަންޓް ނުލިބޭކަމަށެވެ.
އެރަށުގެ އިންޖީނުގޭ ފެނަކަ ޓީމާއި ހަވާލާދީ، ކައުންސިލުން ބުނީ، އެރަށުގައި ބޭނުންކުރާ ދެ އިންޖީނަށްވެސް މައްސަލަޖެހިފައިވާ ކަމަށާއި، މިރޭ އެރަށަށް ކަރަންޓް ލިބޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށެވެ.
އެރަށުގައި ކަރަންޓް ދިނުމަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުރެއެވެ. އެހެންނަމަވެސް 600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރ އެއްކޮށް ހަލާކުވުމުގެ ސަބަބުން އެ ޖަނަރޭޓަރު ބޭނުން ނުކުރެވޭކަމަށް ފެނަކަ ޓީމާއި ހަވާލާދީ ކައުންސިލުން ބުންޏެވެ. އަދި 400 ކިލޯވޮޓްގެ ޖަނަރޭޓަރުން ރަށަށް ކަރަންޓު ދެވޭވަރަށް ލޯޑް ނުހިފާކަމަށްވެސް ކައުންސިލުން ބުންޏެވެ. ގާތްގަނޑަކަށް 3000 މީހުންގެ އާބާދީއެއް އޮންނަ އަލިފުށީގައި ކަރަންޓު ނެތުމުގެ ސަބަބުން ބައެއް ރައްޔިތުންވަނީ މަގުތަކަށާއި، އިންޖީނުގެ ހުންނަ އިމާރާތް ކައިރިއަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށާފައެވެ.
މި މައްސަލައާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ، އެރަށުން ކަރަންޓް ގޮސްފައިވަނީ ބޭނުންކުރަމުން އައި އެއް ޖަނަރޭޓަރަށް ދިމާވި މައްސަލައަކުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ގަޑިއެއްހާ އިރު ތެރޭގައި ކަރަންޓް ދެވޭވަރު ވާނެކަމަށެވެ.
" 400 ކިލޯވޮޓްގެ ޖަނަރޭޓަރު ރަނގަޅު، އެކަމު އޭގެން ހިފަހައްޓާނީ، ބައެއް ހައި ވޯލްޓެޖް އެއްޗެހި ބޭނުން ކުރުން މަދުކުރުމުން، އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ" އޭނާ ވިދާޅުވިއެވެ.
އަލިފުށިން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާއިރު، ގދ. ނަޑެއްލާގައިވެސް އަންގާރަ ދުވަހުގެ މެންދުރު 14:30 އިން ފެށިގެން ވަނީ ކަރަންޓްގެ ޚިދުމަތް މެދު ކެނޑިފައެވެ.
މިރޭ އަލިފުށްޓަށް ކަރަންޓް ދެވޭނެ އަލިމަގެއް އަދި ނުފެނޭ: އަލިފުށީ ފެނަކަ ޓީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ