ރާއްޖެއިން ހެޕަޓައިޓިސް ނައްތާލުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ސިއްހީ މާހިރުންނާއެކު ބައްދަލުވުމެއް ކުރިއައް ގެންގޮސްފިއެވެެ.
ހެޕަޓައިޓިސް އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ މާހިރުން ހިއްސާކުރުމާއި، މި ބަލިން ރައްކާތެރިވުމަށް ކުރެވޭނޭކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.
މިއަދު IGMH ގައި ބޭއްވި މިބަދަކުވުމުގައި ބައިވެރިވެޑައިގެން ވާހަކަފުޅު ދަކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ހެޕަޓައިޓިސް ނައްތާލެވިފައިވާ ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހެޕެޓައިޓިސް ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ވުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ރައްޖެއިން މި ބަލި ނައްތާލުމަށްޓަކައި އެކުލަވާލެންޖެހޭ ސްޓްރެޓިޖީކް ޕްލޭން ވަރަށް އަވަހަށް ތައްޔާރުކުރެވި އެއާ އެއްގޮތަށް މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.
ހެޕަޓައިޓްސް އަށް ސިއްޙީ މާހިރުން އަހުލުވެރިކުރުވުމުގެ ބައްދަލުވުމުގެ ތެރެއިން މި ބައްޔާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ދެނެގަނެ މި ބަލިން ދިފާއުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދުތައް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެޕަޓައިޓިސްގެ މަޢުލޫމާތު ސިއްޙީ ދާއިރާގެ ބޭފުޅުންނަށް ދިނުމަށް ބައްދަލުވުމެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ