މޫސުން ގޯސްވާނެތީ އެލާޓް ނެރެފި

ހއ. އަތޮޅާއި ބ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ، މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:45 ން ހަވީރު 3:45 ގެ ނިޔަލަށެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ.
މީޓިއޮރޮލޮޖީން ބުނި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެވެ. ރާއްޖޭގެ އުތުރަށް ވައިޓް އެލާޓް ނެރެފައި ވީނަމަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގަިއ ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 6 މޭލާ 16 މޭލާދެމެދުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކުގައި އާންމުގޮތެއްގައި ގަދަވާނެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ