ރާއްޖެ ސަލާމަތް ކުރުމަށް ދުނިޔޭގެ އެހީ ބޭނުންވާ ކަމަށް ގާސިމް ވިދާޅުވެއްޖެ

ރައީސް ޔާމީނުގެ އަނިޔާވެރިކަމުގެ ސަބަބުން ދިވެހި ގައުމު އޮޔާ ގޮސްފިކަމަށާއި ގައުމު ސަލާމަތްކުރުމަށް ދުނިޔޭގެ އެހީ ބޭނުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެޔާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ނިގުޅައިގަނެ ގައުމުގައި މިހާރު ގާނޫނުގެ ބާރެއް ނެތްކަމަށެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ގާސިމް ވިދާޅުވީ ގައުމުގައި ޚިޔާނާތާއި ފަސާދަ އާއްމުވެ ރައްޔިތުންގެ ހައްގުތައް ޗިސްޗިސްކޮށްލާފައިވާ ކަމަށާއި މިގައުމުގައި ގާނޫނުގެ ބާރު އަލުން ހިންގައި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ ބޭނުންވާ ކަމަށެވެ.
އެހެންވީމާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ބުރުލެއް ނާރާނޭ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމަތު އަލުން ގާއިމުކޮށް ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ގޮވާލައްވާ ކަމަށްވެސް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ