ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު ހަވީރު ބާއްވާ އެއްވުމަކީ އެހެން ހުކުރު ދުވަސްތަކުގައި ވެސް އެޕާޓީގެ ހަރުގޭގައި ހަވީރުގެ ސައި ބާއްވާ އުސޫލުން ބާއްވާ އެއްވުމަކެވެ. މި އެއްވުން ބާއްވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ގާރާރުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެމްބަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ވަނީ ހައްޔަރުކޮށްފައެވެ.
ހުކުރު ދުވަހު އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބާއްވާ މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ 32 ދުވަސް ވަނީ ވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ހުންނަތާ 32 ދުވަސް ވަނީ ވެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާއިރު، މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެ ފަރާތްތައް ބަންދުކޮށްފައި ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ކޯޓު މެދުވެރިކޮށް ބަންދުގެ މުއްދަތު ޖެހުމެއް ނެތިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހުކުރު ދުވަހުގެ ހަވީރު އެއްވުން: ހަރުގެ ކުރިމަތީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ