މެމްބަރުންގެ ގޮނޑި ގެއްލޭ ބިލަށް އެމްޑީޕީ މެމްބަރު ޝަރީފް ތާއީދު!

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަޙަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ތާއީދު ކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހާމަކުރައްވައިފި އެވެ.
އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ މެމްބަރު ޝަރީފް ވިދާޅުވީ އެންޓި-ޑިފެކްޝަން ގާނޫނެއް އޮތުން މުހިއްމުކަން ގަބޫލު ކުރާ ކަމަށެވެ. އެއް ޕާޓީއަކުން ހޮވުމުން މެމްބަރަކު އަނެއް ޕާޓީއަކަށް ދާންވާނީ ގޮނޑި ދޫކޮށްލާފައި ކަމަށާއި އަލުން ގޮނޑި ބޭނުމިއްޔާ ޖެހޭނީ އަލުން ކުރިމަތި ލާންކަމަށް ވެސް ޝަރީފް ވިދޅުވި އެވެ.
Anti-defection Qanoon othun muhimmu kamah gaboolu kuran. Eh party akun hovunu member aku aneh party akah dhaan vaanee gondi dhookoffa. Alun gondi beynumiyyaa jejeynee alun kurimathi laan.
ޝަރީފް އެ ގޮތަށް ވިދާޅުވިއިރު، އެއީ ރަނގަޅު ގޮތެއް ކަމަށް ބައެއް ރައްޔިތުން ދެކެއެވެ. 
ރައްޔިތުންނާއި މަޖިލިސް ގިނަ މެމްބަރުން އެބިލްގައިވާ ކަންކަމުގެ ތެރެއިން ދެކޮޅުވަނީ އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ޕާޓީއެއްގެ ދެތިން މެމްބަރުން ހިމެނޭ ސްލޫކީ ކޮމެޓީން ސްލޫކީ ފިޔަވަޅެއް އެޅުމަށް ފަހު، ޕާޓީން ވަކިކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް އޮތް އޮތުމަށެވެ. 
އެންޓި-ޑިފެންޝަން ގާނޫނުގައި ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން، އަމިއްލައަށް ވަކިވުން ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށްވެއްޖެނަމަ އެ މެމްބަރު މަޖިލީހުގައި އަދާކުރަމުންދާ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސުލޫކީ ކޮމެޓީއަށް އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކާމެދު ފިޔަވަޅު އެޅުމަށް ފަހު ޕާޓީން ވަކި ކުރުމުގެ ބާރު ލިބިދެ އެވެ. 
ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިހާބު ވަނީ އޭނާ ނިސްބަތްވާ ދާއިރާއިން އިންތިހާބުގައި ވާދަކޮށް އެންމެ ގިނަ ވޯޓު ހޯދުމުން ނެވެ. ކޮންމެ އިންތިހާބީ ދާއިރާތައް ބަހާލެވިފައިވަނީ އެވްރެޖްކޮށް 5000 ރައްޔިތުންގެ މައްޗަށެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ