ރާއްޖެއިން ސޮއެކޮށްފައިވާ ބައިނަލްއަޤްވާމި މުޢާހަދާތަކަށް ޢަމަލުކުރުން ލާޒިމްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެކަމަށް މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެވެން ޖެހޭނެކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމުމާއި ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާކަމަށެވެ.
Maldivian constitution mandates the #Maldives to abide by its treaty obligations. I call on the Government of Maldives to immediately implement the ruling of the UN Human Rights Committee. https://t.co/ekcweMIaY8
ކުރިން ޚާރިޖީ ވަޒީރުކަންވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވިއިރު، މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެމުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއެކޮށްފައިވާތީ، ރާއްޖެއިން ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރަން ޖެހޭނެކަން އެކޮމިޓީއިން ވަނީ ހަނދާން ކޮށްދީފައެވެ.
ޤާނޫން އަސާސީގެ 115ވަނަ މާއްދާގެ ފ ގެ ދަށުން މިފަދަ މުޢާހަދާތަކަށް އަމަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކަމެކެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހިއުމަން ރައިޓްސް ކޮމިޓީގެ އެންގުންތަކަށް އަމަލުކުރުން ޤާނޫން އަސާސީގެ ދަށުން ލާޒިމް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ