އަނަސްގެ މަރާ ގުޅިގެން ހޯދާ މީހަކު ހައްޔަރުކޮށްފި

ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގައި ފުލުހުން ހޯދަން އިއުލާނު ކުރި ދެ މީހުންގެ ތެރެއިން އެކަކު މިއަދު ހައްޔަރުކޮށްފިއެވެ.ފުލުހުން މިއަދު ހައްޔަރުކިށްފައިވަނީ އެ މައްސަލައިގައި ހޯދަން އިއުލާނު ކުރި ތ. ކިނބިދޫ، ގުލްފާމްގެ މުހައްމަދު ޝާޒް އެވެ. އެ މައްސަލައިގައި ދެން ހޯދަމުންދަނީ މ. ލޮނުމިދިލިގޭ އުމުރުން 21 އަހަރުގެ އަފްރާހު އަބްދުއްރައްޒާގެވެ.ދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފަ އެވެ.ކޯޓު އަމުރެއްގެ ދަށުން މ. ދިމިސްކް ބަލައި ފާސްކޮށް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކު އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސަށް ވަޅިން ހަމަލާދީ މަރާލީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަހުގީގުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ