ކެލާ އިންތިހާބުގެ ވަގުތީ ނަތީޖާ: ކެލާ ރަށު ކައުންސިލް އެމްޑީޕީއަށް! ދާއިރާގެ ދެގޮނޑި ޑީއާރްޕީއަށް!

ހައިކޯޓުގެ ހުކުމާ ގުޅިގެން ކެލާގައި މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި ކެލާ ރަށު ކައުންސިލް އެމްޑީޕީން ކޮންޓްރޯލްކުރި އިރު، ކެލާ ދާއިރާއިން އަތޮޅު ކައުންސިލުގައި ހިމެނޭ ދެ ގޮނޑި ޑީއާރްޕީއަށް ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
ގިނަ ބަޔެއްގެ ވޯޓުލުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އަލުން ކެލާގައި ވޯޓު ނެގުމަށް ހައިކޯޓުން އަމުރުކުރި އިރު، ކެލާ ރަށު ކައުންސިލްގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ގެންގޮސްފައިވަނީ ވާދަވެރި ޑީއާރްޕީ އެވެ. ނަމަވެސް، މިއަދު އެރަށުގައި ނެގި ވޯޓުން ކެލާ ރަށު ކައުންސިލްގެ އެއް ގޮނޑިފިޔަވައި ހުރިހާ ގޮނޑިއެއް ލިބުނީ އެމްޑީޕީ އަށެވެ.
ކެލާ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ ތިރީގައި އެވަނީ އެވެ:
1. އަލީ ޝަރީފް (އެމްޑީޕީ) 554
2. އަބްދުﷲ ޒުބައިރު (އެމްޑީޕީ) 523
3. އާދަމް އަސްއަދު (ޑީއާރުޕީ) 513
4. ހައުލަތު މާހިރާ (އެމްޑީޕީ) 501
5. ހަސަން މަމްދޫހް (އެމްޑީޕީ) 491
ކެލާ ދާއިރާއިން އަތޮޅު ކައުންސިލްގައި ހިމެނޭ ދެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޑީއާރްޕީންނެވެ.
1. މުހައްމަދު ފަޔާޒް (ޑީއާރުޕީ) 1026
2. އާދަމް ތަހުޒީމް (ޑީއާރުޕީ) 1014
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ