ރައީސް ޔާމީން ދެކުންފުންޏަކަށް ފައިދާ ހޯދައިދިނީިީ ރައްޔިތުން ފެލައިގެން: ހުސައިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެސްޓީއޯ އާއި ސްޓެލްކޯ ހިންގެވިއިރު އެ ދެ ކުންފުންޔަށް ފައިދާ ހޯދީ ރައްޔިތުން ފެލައިގެން ރައްޔިތުންގެ ދިޔައިން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި މާލޭގައި މިހާރު ސިލްސިލާކޮށް ކުރިއަށްދާ އެއްވުންތަކުގެ ތެރެއިން ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން ހުސެއިން ރަޝިދު ވިދާޅުވީ ރައީސް ޔާމީން ހިންގެވި ދައުލަތުގެ އެންމެ މަޝްހޫރު ދެ ކުންފުންޔަކީ އެސްޓީއޯއާއި ސްޓެލްކޯ ކަމަށާއި މި ދެ ކުންފުނި ހިންގެވި އިރު އެސްޓީއޯއަށް ފައިދާ ހޯދަނީ ސްޓެލްކޯއިން ރައްޔިތުންނަށް ދޭ ކަރަންޓުގެ އަގު ވަކި ވަރަކަށް ހިފަހައްޓައި ރައްޔިތުން އަތުން ކަރަންޓުގެ ޚިދުމަތުގެ އަގު ގޮތުގައި ލާރި ނަގައިގެން އެސްޓީއޯއަށް ފައިދާ ދައްކާ ގޮތަށް ކަމަށެވެ.
އަދި ރައީސް ޔަނީން ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ހަކަތައިގެ އަގާއި ކަރަންޓް ބިލް ކުޑަ ކޮށްދިނުން ކަމަށާއި ނަމަވެސް އެ ވައުދު ފުއްދައެއް ނުދޭ ކަމަށްވެސް ހުސެއިން ރަޝިދު ވިދާޅުވި އެވެ.
ރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކްޓިވް ސޮބާހް ރަޝީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލަނީ ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރ އަދީބު ގުޅިގެން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ދިފާއު ކުރަން ތިބި މީހުން ތިބީ މަގުމަތީގައި ކަމަށާއި ދިވެހި ރައްޔިތުން ނިކުމެ ފުލުހުންގެ އިދާރާގެ އަގު ނުވައްޓާ ކަމަށްވެސް ސޮބާހް ވިދާޅުވި އެވެ.
މީގެ އިތުރުން ރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަންހެނުންނަށް އަނިޔާ ލިބުނީ ހަތެއް އަދި އަށެއް ފެބްރުއަރީގައި ޔުނީފޯމްގައި ތިބި ފުލުހުންގެ ކަމަށެވެ. އަދި އަންހެނުން ނިކުމެ ހޯދައިފައިވާ އަންހެނުންގެ ހައްގުތައް ފަހަތައް ޖައްސާނަމަ އަންހެނުން ނިކުންނާނެ ކަމަށާއި އަދި ނިކުމެ ކުރާ އަނިޔާތައް ހުއްޓުވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުން ބައިލާން ޖެހިއްޖެ ހިނދެއްގައި، އަންހެނުންނާއި މެދު އަނިޔާވެރިކޮށް ކަންކުރާނަމަ ކެރިގެން ނިކުމެ އެމަނިކުފާނާއި ކުރިމަތިލާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ރޭ ބޭއްވި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން މީހަކު ރޭ ހައްޔަރުކުރިއިރު، އޭނގެ އެތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ