ފަނޑިޔާރަކަށް މައްސަލައަކުން ތަނާޒުލު ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އެކޯޓުން ބުނެފި

އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް އެފަނޑިޔާރަކު ބައްލަވަން ޖެހޭ މައްސަލައަކުން ތަނާޒުލު ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ އާއްމު ކުރައްވާފައިވާ "އާއްމު ސިޓީ" އެއްގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ގިނަ އަދަދެއްގެ ފަނޑިޔާރުން މަޤުބޫލް ސަބަބެއްނެތި މައްސަލަތައް ބެލުމުން ތަނާޒުލު ވަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން އަވަސް ކަމާއިއެކު ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފް ގާއިމުކުރުމުގެ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ސުޕްރީމް ކޯޓުގެ ނަމްބަރ 2014/02 އާއްމު ސިޓީގައި ބުނެފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ހުއްދަ ޤަވައިދުން ލިބިގެން މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލުވާ ގޮތައް ހަމަޖެއްސެވީ ކަމަށް ސުޕްރީމް ކޯޓުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ