ރިޔާސީ ކޮމިޝަންތަކަކީ ވަކި ބަޔަކަށް ވަޒީފާ ދޭން އުފެއްދި ތަންތަން – މެމްބަރު އާދަމް ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަކީ ވަކި ބަޔަކަށް ވަޒީފާ ދޭން އުފެއްދި ކޮމިޝަންތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ސިޔާސީ ކޯލިޝަނުގައިވެސް އިސްކޮށް އުޅުއްވާ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރުގެ ކޮރަޕްޝަން ސިޔާސަތުވަނީ ފެއިލްވެފައިކަމަށާއި ރައީސް ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް ކަމެއް ނުކުރެވެނީ އަމިއްލަ މަސްލަހަތު އިސްކުރަން ޖެހޭތީކަމަށެވެ.
 
މެމްބަރު ޝަރީފް މިކަމަށް ފާޑުކިޔާފައިމިވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރެއްކަމަށްވާ އަނަސް އަބްދުﷲ އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެސެޓް ރިކަވަރީ ކޮމިޝަނަކީ ކުރީގެ ރައީސް ޔާމިނުގެ ސަރުކާރުގައި ހިނގާފައިވާ ކަންކަން އިތުރަށް ބަލާ ތަހުޤީޤުކުރުމަށް އުފެއްދި ކޮމިޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ