ޅ. އަތޮޅުން ލ. އަތޮޅަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި

ޅ. އަތޮޅުން ލ. އަތޮޅަށް މޫސުން ގޯސްވެ އެ ސަރަހައްދަށް މޫސުމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިރޭ 11:00 އިން ދަންވަރު 2:00އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ޅ. އަތޮޅުން ލ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މާދަމާރޭ 8:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އިރުދެކުނާއި ދެކުނު ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ، ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަަރަކަށް ގަދަވާނެ ކަމަށެވެ.
މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ވިއްސާކުރާއިރު މިއަދު މިއީ ހުޅަނގު މޫސުމުގެ ބުރުނު ނަކަތް ފެށޭ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ