ޕާކިސްތާނުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރައްވައިފި އެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީއާ މިއަދު ފޯނުން ގުޅުއްވައި، ކޯވިޑް-19 އާ ދެކޮޅަށް ދެގައުމުން އެއްބާރުލުން ދެވޭނެ ކަންކަމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ . އަދި ދިވެހިންނަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.
Had a telephone conversation with Pakistan's Foreign Minister @SMQureshiPTI, discussed mutual cooperation and support in the fight against #COVID19, including ensuring the welfare and safety of Maldivians in #Pakistan.
— Abdulla Shahid (@abdulla_shahid) March 23, 2020
ކޯވިޑް-19 އަށް ޕާކިސްތާނުން މިއަދާހަމަށް 800 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ހަ މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.
ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ބަލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ