ރައްޔިތުން ބާރުވެރިކުރުވޭނީ މަޖިލިސް ޖަވާބުދާރީވެގެން: މައުމޫން

ރައްޔިތުން ބާރުވެރިކުރުވޭނީ ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު، ޖަވާބުދާރީވާ މަޖިލީހަކަށް ވެގެންކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްއާރުއެމް ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާންޖެހޭނީ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާ އަދި މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަންނަވާ، އަދި މަޖިލީހަށް ހުށައަޅާ މައްސަލަތަކަށް ވޯޓު ދެއްވާ މެންބަރުންނަށް ކަމަށެވެ.
މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ކަންތައްތަށް ހިނގަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، އެމްއާރުއެމްގެ ތާއީދާއެކު، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ވެސް ވާދަކުރަނީ އިސްލާހީ މަސައްކަތުގައި ބައިވެރިވާން ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ހޮވަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ވަފާތެރި، އިހުލާސްތެރި ބޭފުޅުންތަކެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ