މ. ވޭވަށު ކައުންސިލް އިދާރާގެ ފަރާތުން ރޯދަ މަހަށް ހާއްސަކޮށް އެ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ކަރަންޓް ބިލުގެ 80 އިންސައްތަ ދައްކައިދިނުމަށް ނިންމައިފިއެވެ.
އެކަން ހާމަކޮށް މިއަދު އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ރަމަޟާން މަހު ވޭވަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކުގެ ކަރަންޓް ބިލުން 80 އިންސައްތަ ވޭވަށު ކައުންސިލް އިދާރާާއިން ދައްކާފޮތަށް ނިންމާާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގެ ކައުންސިލްތަކުން ރޯދަ ހަދިޔާގެ ގޮތުގައި، އެކި ތަކެތި ބެހުމާާއި، ހިލޭ ކުނި އުކައި ދިނުމާއި، ކަރަންޓްބިލް ދެއްކުން ފަދަ ކަންކަން ކުރަމުން އެބަދެއެވެ.
އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރޯދަ އާއި ދިމާކޮށް އެއްވެސް އެއްޗެއް ނުދޭތީ އެކަމުގެ ޝަކުވާތައްވެސް މީސް މީޑިއާއަށް ބަންޑުން ކުރަމުން ދެއެވެ.
ވޭވަށު ކައުންސިލް ރޯދަ ހަދިޔާ: ކޮންމެ ގެއެއްގެ ކަރަންޓް ބިލްގެ 80 އިންސައްތަ ދައްކައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ