ޔާމީން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މާދަމާ ބާއްވަން ތާވަލު ކޮށްފިއެވެ.
ޔާމީންގެ ވަކީލު، އަބްދުﷲ ސިޔާޒު ވަނީ އެކަން މިއަދު ކަށަވަރުކޮށްދެއްވާފައެވެ.
ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާ ކަމަށްބުނެ ދައުލަތުން އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުމުންނެވެ. ކްރިމިނަލް ކޯޓުން އެއަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
މަނީ ލޯންޑްރިންގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޔާމީން ބަންދުކޮށްފައި ހުރީ މާފުށީގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައެވެ. ޔާމީން ބަންދުކުރި ފަހުން 3 ފަހަރަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައިވެއެވެ. އެނގިފައިވާ ގޮތުގައި ޔާމީނަށް ފަރުވާ ދީފައިވަނީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ