ނޮޅިވަރަން ކުލަބު ހުވާސް އިން ވޮލީ މުބާރާތެއް ބާއްވަނީ.

ހދ.ނޮޅިވަރަން ކުލަބު ހުވާސް އިން ކުރިޔަށް އޮތް ރަމަޟާން މަހު ވޮލީ މުބާރާތެއް ބާއްވަން ހަމަޖައްސައިފިއެވެ.
އެ ކުލަބު ގެ ފޭސް ބުކުގެ ޕޭޖުއިން ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން މުބާރާތުގައި ބައިވެރި ވުމަށް އެދޭ ޓީމު ތަކުން 28 އެޕްރީލް 2019 ވާ އާދިއްތަ ދުވަހު ގެ 18:00 ކުރިން، ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް އެދިލައްވާފައިވެއެވެ.
ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 10 މެއި 2019 ގަ އެވެ. ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ރޭގަނޑު 10:00 ގައި ކުލަބު ހުވާސް ގެ ވޮލީ ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ