އުދައްޔަކުން ޖަހައި ޒަޚަމްކޮށްލި ބިދޭސީއަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

ހދ. ފިނޭގައި އުދައްޔަކުން ހަމަލާދިން ބިދޭސީއެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:25 ގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 38 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް 15 ދުވަސް ފިނޭގެ ކޯޓުން ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުުރަމުންދާ ކަަމަށެވެ. ފިނާގެ ކައުންސިލްގެ ރައީސް ހަސަން ރަޝީދު "ސަން" އަށް ވިދާޅުވީ ޒަޚަމްވި މީހާ މިހާރު މާލެ ގެެނެސްފައިވާކަމަށެވެ. ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާތީ ކަމަށް ބުނެ އޭނާ އިތުރު މައުލޫމާތެއް ނުދެއްވިއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މާރާމާރީގައި ހަމަލާދީފައިވަނީ އުދަލީގެ ތިރީބައި ބޭނުންކޮށްގެން ކަމަށެވެ. "އޭނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވަނީ. ރަށު ތެރޭ ކިޔައި އޭނާގެ ބޮލަށް ލޭ އެޅިފައޭވެސް. މީހުން ބުނޭ އޭނާ ގައިގައި ތަޅައިގަތީ އަންހެން ކުދިންނަށް ޖިންސީ ފުރައްސާރަ ކުރާތީއޭވެސް،" ފިނޭއިން ވާހަަކަ ދެއްކި މީހާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ