ރާއްޖޭގައި ފުރަތަމަ އަންހެން ފަނޑިޔާރަކު އައްޔަން ކުރެވުނީތީ ފަޚުރުވެރިވޭ - މައުމޫން

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަ ފަނޑިޔާރަކު އައްޔަން ކުރެވުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށްވީތީ، އެކަމާއި ވަރަށް ފަޚުރުވެރިވާ ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ، އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމާއި ބެހޭގޮތުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އެއީ ހުއްދަކަމެއް ނޫން ކަމަށް ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިއްޔެ ޓްވީޓެއް ކުރެއްވުމުން، އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ