ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް މާލެއިން ވެސް ބިން ދޫކުރަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރިޔާސީ ކެންޑިޑޭޓުންނަށް ބިން ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުގެ މެންބަރު އިބްރާހީމު ސުޖާއު މިއަދު ވިދާޅުވާ ބިން ދޫކުރުމަށް ނިންމާ އެކަން ޕާޓީތަކަށް ކުރިން އަނގާފައިވާނެ ކަމަށެވެ. ނަމަވެސް ޕާޓީތަކުން އެކަމަށްދިން ތަރުހީބު ކުޑަ ކަމަށެވެ. ސުޖާއު ވިދާޅުވީ މިހާތަނަށް ދެ ޕާޓީއަކުން އެދިފައިވާ ކަމަށާއި ޕާޓީތަކަށް ބިން ދޫކުރުމައި ބެހޭ ގޮތުން އަންނަ ހަފްތާގެ އަނގާރަ ދުވަހު އަނެއްކާ ވެސް ކައުންސިލުގައި މަޝްވަރާ ކުރާނެ ކަމަށެވެ.
ސުޖާއު ވިދާޅުވީ މިދަނޑިވަޅަކީ އެފަދަ ބިންތަކުގެ ބޭނުން ކެންޑިޑޭޓުންނަށް ވަރަށް ބޮޑުވާނެ ދަނޑިވަޅެއް ކަމަށާއި ސިޓީ ކައުންސިލުން ބޭނުންވަނީ އިންސާފުވެރިކަމާއި އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ފޯރުކޮށް ދިނުމަށް ކަމަށެވެ.
ސުޖާއު ވިދާޅުވީ ބިން ދޫކުރެވޭނީ އެކަމަށް އެދުމުން ކަމަށެވެ.
ސިޓި ކައުންސިލުން ބިން ދޫކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ހައުސިން މިނިސްޓްރީންވަނީ ކާނިވާ ސަރަހައްދު ގައުމާއިގެން ކުރިއަށް ކޯލިޝަނަށް ދީފައެވެ.
ރިޔާސީ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް މާލެއިން ބިން ދޫކުރާއިރު، އައްޑު ސިޓީން ބައެއް ޕާޓީތަކަށް ކެމްޕޭން ކުރުމަށް މިހާރު ވެސްވަނީ ދޫކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ