އިންޓަޕާގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީޕީ ހުސައިން ވަހީދު މެލޭޝިޔާއަށް ފުރާވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮޕް ޕޮލިސް އެކަޑަމީ (އިންޓަޕާ)ގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދު ރޭ މެލޭޝިޔާއަށް ފުރާވަޑައިގެންފި އެވެ.
ސީޕީގެ މިދަތުރުފުޅުގައި އިންޓަޕާގެ ތިންވަނަ ކޮންފަރެންސް އާއި އިންޓަޕާގެ ހަވަނަ އެގްޒެކެޓިވް ބޯޑް މީޓިންގެ އިތުރުން އިންޓަޕާގެ ހަތަރުވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ދުނިޔޭގެ އެކި ގައުމުުތަކުގެ ޕޮލިސް އެކަޑަމީތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސް ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 24 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރު ގައެވެ. މިއަހަރުގައި ކޮންފަރެންސްގެ ތީމަކީ "ޑިވޮލޮޕްމަންޓް އޮފް ޓީޗިން ސްޓާފް އިން ޕޮލިސް އެކަޑަމީ" އެވެ.
މި ކޮންފަރެންސްގައި ދުނިޔޭ އެކި ގައުމުތަކުގެ ޕޮލިސް އެކަޑަމީތަކުގެ ތަރައްގީއަށާއި އެކަޑަމީގެ ސްޓާފުންގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަޑަމީތަކުން ހިންގާ ތަފާތު ޓްރެއިންނިން ޕްރޮގްރާމްތަކާ ބެހޭގޮތުން މެމްބަރު ގައުމުތަކުގެ މެދުގައި މައުލޫމާތުތައް ބަދަލުކޮށް ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މި ކޮންފަރެންސްގައި އިންޓަޕާގެ ހަތަރުވަނަ ކޮންފަރެންސް ބާއްވާނެ ގައުމަކާއި އެ ބައްދަލުވުމުގެ ތީމް ކަނޑައެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އިންޓަޕާގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި އެފްރިކާ، އުތުރު އެމެރިކާ، ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތަކާއި އޭޝިޔާގެ ގިނަ ގައުމު ތަކެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ