ސަރުކާރަށް ތާއީދުކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ދެ ޑެޕިއުޓީ ލީޑަރުންނަށް ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފު މިރޭ އިންތިހާބުކޮށްފި އެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ނެގި ވޯޓުގައި އެ ދެ ބޭފުޅުން ވެސް ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބުވީ އަޣުލަބިއްޔަތު ވޯޓުން ކަމަށް އެ ޕާޓީން ބުންޏެވެ. އެ ދެ ބޭފުޅުންނާ ވާދަކުރެއްވި ހަނިމާދޫ ދާއިރާގެ މުހަންމަދު މުޖުތާޒު ނުހޮވުނީ، ބޭނުންވާ ވަރަށް ވޯޓު ލިބިވަޑައިނުގަތުމުންނެވެ.
"ޑެޕިއުޓީ ލީޑަރުން ނެތުމުން ތަފާތު އުނދަގޫތައް ދިމާވަމުންދާތީ ދެ ބޭފުޅަކު އެމަގާމަށް އިންތިހާބު ކުރަން މި ޖެހުނީ. މިހާތަނަށް ހުންނެވީ ޕީޖީ ލީޑަރު އެކަނި. އެހެންވުމުން ޕީޖީ ލީޑަރު ފުރާވަޑައިގެންނެވިޔަސް ބައްދަލުވުންތައް ބާއްވަން ދަތިތައް ދިމާވޭ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވިޕް، ފ. ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރަކީ މުލަކު ދާއިރާގެ އަބްދުﷲ ޔާމީނެވެ.
ޕީޕީއެމްގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުންނަށް އިލްހާމާއި އަލީ އާރިފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ