އުމަރު ނަސީރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހުވަދު އަތޮޅުގައި ފަށައިފި

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް އުމަރު ނަސީރުގެ މެނިފެސްޓޯ ހުވަދު އަތޮޅަށް ބަހަން ފަށައިފި އެވެ.
އައިޑީޕީގެ ދެކުނުގެ ރައީސް އިބްރާހީމް ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ހަފުތާ އިން ފެށިގެން ހުވަދު އަތޮޅުގެ ގޭގެއަށް ބަހަންފެށި މެނިފެސްޓޯ އަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓާއި އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގައުމަށް ގެންނާނެ ބަދަލާ ބެހޭ މައުލޫމާތު ހިމެނޭ ފޮތެއް ކަމަށެވެ.
"މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް މި މެނިފެސްޓޯ ބަހާނެ. މި ރަމަޟާން މަސް ނިމެންވާއިރަށް ހުވަދު އަތޮޅުގެ ހުރިހާ ރަށްތަކަށް ދަތުރުކޮށް މިމަސައްކަތް ނިންމާލެވޭތޯ މިބަލަނީ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އައިޑީޕީން ބުނި ގޮތުގައި ގދ. ތިނަދޫގެ ހުރިހާ ގެއަކަށް މިހާރު ވަނީ މެނިފެސްޓޯ ބަހައި ނިމިފަ އެވެ. އަދި އެހެން ރަށްރަށަށް ބެހުމުގެ މަސައްކަތް މާދަމާ އިން ފެށިގެން މަސައްކަތް ކުރިޔަށް ދާނެ ކަމަށް ބުންޏެވެ.
އައިޑީޕީގެ ރިޔާސީ މެނިފެސްޓޯ އައްޑު އަތޮޅަށް ބަހަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން މާލޭގައި ވަނީ މީގެ މަސްތަކެއް ކުރިން ރަސްމީކޮށް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ