ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ފުރާވަޑައިގެންފި!

ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓާރ، އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ޖަޕާނަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މިނިސްޓަރ ކަމަށް ޙަވާލުވެވަޑާއިގަތުމަށް ފަހު އެމަނިކުފާނު ޖަޕާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޖަޕާނުގެ ޓޯކިޔޯއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ޖަޕާނުގެފޮރިން މިނިސްޓާރ، ހިޒް އެކްސެލަންސީ މރ. ތާރޯ ކޯނޯ އާއި ޖަޕާނު ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ، ގާތް، ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުން އެބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދާ އެކު މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިނޭންސް، އަލްފާޟިލް އިބްރާހިމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް އަޙްމަދު ޚަލީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތް ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ