ސްކޫލް ނާސްތާ ޕައިލެޓް ޕްރޮގްރާމް: 10 މެނޫއާއެކު 25 ސްކޫލެއްގައ ފަށަނީ

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނާފައިވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ނާސްތާ ދޭން ފާށާނީ 25 ސްކޫލެއްގައި 10 މެނޫއާއެކުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަޮށްފިއެވެ.
ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ މިއީ ދަރިވަރުންނާ ސީދާ ގުޅޭ ކަމަކަށް ވުމުން ބެލެނިވެރިންގެ ރުހުން އޮތްތޯ ބެލުމަށް ފޯމެއް ފުރަންޖެހޭނެ ކަމަށާއި އެކަމަށް ބެލެނިވެރިއަކު ބޭނުން ނުވާ ނަމަ އެ ދަރިވަރަކު ބައިވެރިއެއް ނުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ނާސްތާ ޕެކޭޖްތައް ތައްޔާރުކޮށްފައިވަނީ ޔުނިސެފްގެ އެހީއާއެކުއެވެ.
މެނޫގައި ހިމެނޭ ތަކެތި
1: ރޮށި، ބިސްގަނޑު ކިރު
2: ރޮށި، ފަތު މަސްހުރި، ކިރު
3: ރޮށި، ތަރުކާރީ މަސްހުނި، ކިރު
4: ރޮށި، ބަރަބޯ މަސްހުނި، ކިރު
5: ރޮށި، ބަށި މަސްހުނި، ކިރު
6: ބޭކަޑް ބީންސް، ރޯލް، ކިރު
7: ބިސް، ސޭންޑްވިޗް، ކިރު
8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު
9: ޗީޒް ސޭންޑްވިޗް، ކިރު
10: ޕާން، ޕީނަޓް ބަޓާ، ކިރު
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓރ ވިދާޅުވިގޮތުގައި ޕައިލެޓް ޕްރޮގްރާމް ޕައިލެޓް ޕްރޮގްރާމް ހިންގާ 25 ސްކޫލްގަެ ހެނދުނު ދަންފަޅީގެ ކުދިންނަށް ހެނދުނު ނަސްތާ ލިބިގެންދާނެކަމަށެވެ.
ނާސްތާދޭން ހަމަ ޖައްސާފައިވާ 25 ސްކޫލްގެ ހެނދުނު ދަންފަޅީގެ ގްރޭޑް އެކަކުން ބާރައަށް ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާލިބިގެންދާނެއެވެ.
ނާސްތާ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ 20 ސްކޫލަކާއި މާލޭގެ 5 ސްކޫލެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ