ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
މީގެ އިތުރުން އިތުރު 3 މެންބަރުންގެ ގޮނޑީގެ މައްސލައަިގައި ގޮތެއް ނިންމަން މިއަދު ވަނީ ތާވަލުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައެވެ.
12 މެންބަރުންގެ ފަރާތުންވެސް ސްޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް 8 މެންބަރެއްގެ މައްސަލައިގެ ޝަރީޢަތް އަދި ފަށާފައެއް ނުވެއެވެ.
ވަޙީދު މިއަދު ވިދާޅުވީ ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ ކުރިއަށް ގެންދަވާނީ 4 މެންބަރުންގެ ޝަރީޢަތް ނިމުމުން މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ