އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަނީ ރައްޔިތުން ކަމަށާއި އަމިއްލައަށް އެހެން ޕާޓީއަކަށް މެމްބަރުން ބަދަލުވެގެން ނުވާނެ ކަމަށެވެ.
"ތިބޭފުޅުން ނިންމަވާންވީ ކޮންބައެއްތޯ، ތިބޭފުޅުންގެ ފަރާތުން ތަމްސީލް ކުރާނީ. އެބަޔަކު އެތަނުގައި ތިބޭނީ. ޕާޓީ ބަދަލު ކުރުމުގެ ބިލް މަޖިލީހުގައި ފާސްވާން ޖެހޭނެ. ޕާޓީ ބަދަލުވެގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރަންފެށި، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭރު ނިންމިއެވެ.
ނަމަވެސް އެ ނިންމުންތައް ފަހުން ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހްގެ ސަރުކާރުުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެންޓި ޑިފެކްޝަންގެ ޤާނޫނު ވަނީ އުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ