ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމަވައިފިއެވެ.
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ނިކުންނަވަން ނިންމާފައިވާ ކަމަށާއި އަންނަ ހަފްތާ ބަނދުގައި ދާއިރާގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ. Kuriah oiy 2019 Rayyithunge Majilis ga #KaashidhooDhaairaa #MDPPrimary ga vaadhakuran alhugandu nimmaifin. Mi anna hafthaa bandhugai Kaashidhoo Dhaairaage rah thakah ziyaaraiykoh Rayyithunnaa bahdhalkuran dhaanan, IA.— Abdulla jabir (@chairmanjabir) November 23, 2018
ކުރީގެ ހުވަދު އަތޮޅު މެމްބަރުކަންވެސް ކުރައްވާފައިވާ ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. ރައީސް ޔާމީނާއި ގާތްގުޅުމެއް އޮންނަ ޖާބިރާއި ސަރުކާރާއި ދެމެދު މައްސަލަތައް ފެންމަތިވާން ފެށީވެސް 2017 ވަނަ އަހަރުއެވެ.
ޖާބިރުގެ ޕާސްޕޯޓް ސަރުކާރުން ކެންސަލް ކުރުމާއި ގުޅިގެން ޖާބިރު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައެވެ. ޖާބިރަކީ ރައީސް ނަޝީދުގެ ހާއްސަ އެޑްވައިޒަރުވެސްމެއެވެ.
ޖާބިރު ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ނިކުންނަވަން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ