ފަނޑިޔާރުންނަށް ފާރަލާކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑްކޮށްފި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސަސްޕެންޑް ކޮށްފިއެވެ. ޑީޖޭއޭ ގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އޭނާ ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ކޯޓުގެ ސިއްރު މައުލޫމާތު ކޯޓުން ބޭރަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާއަށް ކޮށްފައިވެއެވެ. އޭނާ ސަސްޕެންޑުކުރުމާ ގުޅިގެން ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ އާއެވެ. ޑރ. ހުސައިން ފާއިޒް އެ މަގާމަށް އައްޔަން ކުރެއްވީ ޖަނަވަރީ 7، 2019 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ