މިދިޔަ މެއި މަހުގެ ތެރޭގައި އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުއްވުމަކާއި ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީއަށް އިންޒާރުދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.
މަހާޒްގެ މިލިޔުއްވުމުގައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު މިދިޔަ އަހަރުގެ ތެރޭގައި ހުސްވުމުން، ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށެވެ.
މިލިޔުމާއި ގުޅިގެން މިއަދު މަފާޒަށް އިންޒާރުދޭން ޖޭއެސްސީން ނިންމާފައިވާއިރު އެލިއުމުގެ މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލީ ތަހުގީގް ކޮމެޓީންވެސް ވަނީ މަހާޒަށް އިންޒާރުދޭން ނިންމާފައެވެ.
މަހާޒަކީ ކުރީގެ ޕީޖީ އޮފީހުގެ ވަކީލުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީޖީ އަހުމަދު މުއިއްޒު މަގާމުން އިސްތިއުފާ ދީފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭރު ޑެޕިޔުޓީ ޕީޖީއަކަށް ހުރި ހުސައިން ޝަމީމް ވެސް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދީފައިވަނީ އާ ޕީޖީއެއް އައްޔަނު ނުކުރެވެނީހެވެ.
ލިޔުނު ލިޔުމަކާއި ގުޅިގެން ގާޒީ އަކަށް ޖޭއެސްސީ އިން އިންޒާރު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ