އަބްދުﷲ ޙަމީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފި

ސްޓްރޯކެއް ޖެހިވަޑައިގެންނެވުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުރީގެ އެޓޯސް މިނިސްޓަރ އަބްދުﷲ ޙަމީދު އިތުރު ފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް ގެންގޮސްފިއެވެ.
ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ރައީސް ޔާމީންގެ ބޭބޭފުޅު އަބްދުﷲ ޙަމީދަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރު ކަމާއި އެޓޯލްސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް ކަމާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވެއެވެ.
ޙަމީދު އަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޙަމީދުގެ އާއިލާގެ ބައެއް ބޭފުޅުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރަށް ގެންދެވިއިރު ޙަމީދުގެ ހާލުކޮޅު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ