ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދާދިދެންމެ ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 
ޔައުގޫބުގެ ގޮނޑިއާމެދު ސުވާލު އުފެދުނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލްގެ މެންބަރު ކަމަށް އޭނާ އައްޔަން ކުރުމާ ގުޅިގެންނެވެ.
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މުސްތަގިއްލު ތަނެކެވެ. އެހެންވެ އެ ތަނުގެ އިންތިގާލީ ކައުންސިލަށް މެމްބަރު ވެސް ވާނީ މުސްތަގިއްލު ބަޔަކަށެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 5 އަދި 8 ގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސްތަގިއްލު މަގާމަކަށް ނުދެވޭނެއެވެ.
އެހެންވެ އޭނާ އެ މަގާމު ގަބޫލު ކުރެއްވުމާއެކު މަޖިލިސް މެންބަރެއްގެ ޝަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލިފައިވާ ކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްސަދު ޝަރީފެވެ. (ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ