އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އީސީގެ މެމްބަރަކު އިސްތިއުފާދީފައި ވާތީ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާ ކަމަށެވެ.
އީސީން މަގާމެއް ހުސްވީ ކޮމިޝަނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހްމަދު އަކްރަމްގެ އިސްތިއުފާ ދެއްވުމުންނެވެ، އޭނާ އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އީސީގެ މެންބަރު ކަމުން އޭނާ ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
މެމްބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހު 30 އިން ފެށިގެން ޑިސެމްބަރު 2 އަށް ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހަށެވެ.
އެ ފޯމު ރައީސް އޮފީހުންނާއި ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ