އިމްރާން ދީނީ ޢިލްމު ފެތުރުމުގެ ނަމުގައި ފިތުނަ އުފައްދާ: މެމްބަރު ނަޝީދު

ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ދީނީ ޢިލްމު ފެތުރުމުގެ ނަމުގައި ފިތުނަ އުފައްދާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ 11 މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު އުފެދިގެން އައި ޤާނޫނު އަސާސީގެ ދަށުން އެކުލަވާލި ކޮންމެ ސަރުކާރެއް ވައްޓަން އިމްރާން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުުރައްވާ މޮސްޓަރ ވިދާޅުވީ އިމްރާން އަކީ ދީނީ ޢިލްމު ފެތުރުމުގެ ނަމުގައި ފިތުނަ އުފައްދާ ފަރާތެއް ކަމަށެވެ. ސަރުކާރެއް ވައްޓާލަން މުގުލަކަށް ވެފައި ހުންނަނީ ޝޭހް އިމްރާން. މިފަދަ މީހެއްގެ ނޮހޮރޮއްޕާނުން ސަލާމަތްވެވޭނެ ގޮތަކީ ކައިރީގައި ބަހައްޓައިގެން ބުރަކަށީގައި ފިރުމުން ކަމަށްވާނީ 65 މެމްބަރުން ބައިތިއްބައިގެން ފިރުމުމަށް މި ވިސްނަނީ އިމުރާނުގައިގައި. މިއަދުވެސް މަޤާމުން ވަކިކޮށްފިއްޔާ މި ސަރުކާރަށް އޮތް އެންމެ ބޮޑު ނޮހޮރޮއްޕާނަކަށް ވާނީ ޝޭހް އިމްރާނުކަމަށްވާތީ ކޮންމެ ގޮތެއްވިޔަސް އެބަޖެހޭ ބަހައްޓަން. އެހެން ނޫނީ މީނަގެ ނޮހޮރޮއްޕާނާއި ހެދި ނޭވާ ނުލެވޭނެތޯ. ކޮންމެހެން އިތުބާރު އޮވެގެނެއް ނޫން." އޭނާ ވިދާޅުވިއެވެ. އިމްރާން އަކީ ދެ ފުށް ދެގޮތް ޖާހިލެއް ކަމަށް ވެސް ސިފަކުރައްވާ މެމްބަރު ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރ ގެ މަގާމުގައި އިމްރާން ބަހައްޓަން ހެޔޮ ނުވާނެ ކަމަށާއި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ސަނާކީ ނަމަވެސް މާދަމާ މި ސަރުކާރާއި ދިމާއަށް އިމްރާން ފާޑު ކިޔާ މަންޒަރު ފެންނާނެ ކަމަށެވެ.  އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމުން ހުށަހެޅީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ ރޭޕް ނޫން ނޫން ކަމަށާއި އެއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.އިމްރާން ވަކިކުރުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އިލްމު އުނގެނިގެން ހުންނެވި މުނާފިގެއް ކަމަށް ވިދާޅުވެފަ އެވެ."ބައެއް އިއްޒަތްތެރި މެމްބަރުން ވާހަކަ ދެއްކެވި އިރުގައި މިއަދުގެ ހޯމް މިނިސްޓަރަކީ އިލްމުވެރިއެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި. އަޅުގަނޑުވެސް ގަބޫލުކުރަނީ އެގޮތަށް. އިލްމު އުނގެނިގެން ހުންނެވި މުނާފިގެއްގެ ގޮތުގައި މިއަދު އަޅުގަނޑަށް އިމްރާން އަބްދުﷲ ސިފަވަނީ." ޝިޔާމް ވިދާޅުވި އެވެ.މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓު ނެގިއިރު، މިނިސްޓަރ އިމްރާން ޢަބްދުﷲއަށް އިތުބާރު އޮތްކަމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީ ވަނީ ފާސްކޮށްފައެވެ.މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމުން އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި އިތުބާރު އޮތްކަމަށް 53 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.މިނިސްޓަރު އިމްރާނަށް އިތުބާރުއޮތްކަމަށް ފާސްވި ނަމަވެސް، މި މައްސަލައަކީ މި ސަރުކާރުގައި މަޖިލީހުގެ ވޯޓަކާ ހަމައަށް އައި ވަޒީރެއްގެ އިތުބާރުގެ ފުރަތަމަ މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ