ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށް ޔޫއެންޑަބްލިޔުޓީއޯގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމުގައި ޔޫއެންޑަބްލިއުޓީއޯގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަށް މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާ ކުރައްވާފައިވަނީ، އ.ދގެ ފަތުވެރިކަމާއި ބެހޭ އިދާރާ، ޔޫއެންޑަބްލިއުޓީއޯގެ 113 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ސްޕެއިންއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިންނެވެ.
ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޑައިރެކްޓަރ ހެރީ ހޮންގްއާ ބައްދަލުކުރައްވާ މިިނިސްޓަރ މައުސޫމް ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް 2022 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ޔޫއެންޑަބްލިއުޓީއޯގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ހަމާއެއާއެކު، ދިވެހިރާއްޖެ ޗެއާރކުރުމަށް ހަމަޖެހިފައިވާ ޔޫއެންޑަބްލިއުޓީއޯގެ ރީޖަނަލް ކޮމިޝަން ފޯ ސައުތު އޭޝިއާގެ ބައްދަލުވުމާއި ގުޅުވައިގެން ރާއްޖޭގައިވެސް ހަރަކާތެއް ބޭއްވުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި، ފަތުރުވެރިކަމުގެ ލާބައާއި މަންފާއާ ރައްޔިތުންނަށް ހޯދައިދިނުމުގައި، ކުރެވޭނެ ކަންކަން ދެނެގަތުމަށް އެޖަމުޢިއްޔާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެވުނެވެ.
ޓުއަރިޒަމް މިނިސްޓަރ ސްޕެއިންއަށް ކުރައްވާ ދަތުރުފުޅުގައި، ސްޕެއިންގެ ޓޫރިޒަމް ރިސާރޗާއި އިނޮވޭޝަންސްއާބެހޭ އިދާރާ ސެޖިތޫރު އާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ޖަމްޢިއްޔާ އެކްސެލްތޫރުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ