މިއަދުވެސް ދިވެހިން ކުރަން ޖެހިފައި ވަނީ ބޮޑުތަކުރުފާނު ކުރެއްވި ހަނގުރާމަ: އިއްތިހާދު

މިއަދަކީ ގައުމީ ދުވަހަށްވާއިރު މިއަދު ވެސް ދިވެހިން ހަނގުރާމަ ކުރަންޖެހިފައިވަނީ ރާއްޖޭގެ މިނިވަން ކަމާ އިސްތިގުލާލް ސަލާމަތް ކުރަން ކަމަށް "23 ޑިސެމްބަރު އިއްތިހާދު" އިން ބުނެފި އެވެ.
ބޮޑު ތަކުރުފާނު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތް ކުރަން ހަނގުރާމަކުރައްވާ ފަތަހަ ހޯއްދެވި ދެވީ 1 ރަބީއުލް އައްވަލު 981 ގަ އެވެ.
ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައ އެ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ދީދީ ވިދާޅުވީ މުހައްމަދު ތަކުރުފާނު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތްކުރަން ހަނގުރާމަކުރައްވާ ކާމިޔާބު ހޯއްދެވިގޮތަށް މިއަދު ވެސް ދިވެހިން އެ ހަނގުރާމަ ކުރަން ޖެހިފައިވާ ކަމަށާއި ހިތާމައަކީ ދިވެހި ފޭރާމުގައި ތިބި ބަޔަކާއި އެ ހަނގުރާމަ ދިވެހިންނަށް ޖެހިފައިވުން ކަމަށެވެ.
"މިދުވަހަކީ އަޅުގަނޑުމެންގެ މުޖާހިދުން މުހައްމަދު ތަކުރުފާނު ރާއްޖޭގެ އިސްލާމްދީން ހިމާޔަތް ކުރެއްވުމަށްޓަކައި މިނިވަންކަމާއި އިސްތިގުލާލް ސަލާމަތްކުރެއްވުމަށްޓަކައި ކުރެއްވި ހަނގުރާމަކުރައްވާ ފަތަހަ ހޯއްދެވި ދުވަސް. މިއަދު އަޅުގަނޑުމެންނަށް ވެސް މިވަނީ އެ ހަނގުރާމަ ކުރަން ޖެހިފައި. އެކަމަކު ދިވެހި ފޭރާމުގައި ތިބި ބަޔަކާއި. މިއީ ހިތާމަވެރި ކަމެއް. އެހެންވީމާ މިއަދަކީ އުފާވެރި ދުވަހެއްގެ އިތުރުން ހިތާމަވެރިވެސް ދުވަހެއް،" މުހައްމަދު ދީދީ ވިދާޅުވި އެވެ.
އިއްތިހާދުގެ ސްޕޯކްސް ޕާސަން އަބްދުﷲ މުހައްމަދު ވިދާޅުވީ ގައުމީ ދުވަހަކާ ކުރިމަތިލާއިރު ގައުމިއްޔަތު ބިނާވެގެންވާ މައިގަނޑު ތަރަހަތައް އަޅުގަނޑުމެންނަށް ހިމާޔަތްކުރެވޭނީ ގައުމުގެ އެންމެން ގަބޫލުކުރާ ގާނޫނު އަސާސީގެ މަތިން ކަމަށާއި މިއަދު އެ ގާނޫނު އަސާސީގެ ބާރުކެނޑިގެންދާކަމީ ކޮންމެ ދިވެހި ފަރުދަކު ހިތާމަކުރާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ