އެމްޑީއެން އާއި ސަލަފު އުވާލަންޖެހޭކަމަށް ގަބޫލެއްނުކުރަން - ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވަރކް (އެމްޑީއެން) އާއި ސަލަފު ޖަމްޢިއްޔާ އުވާލުން ގަބޫލުނުކުރައްވާކަމަށާއި އުވާލުކީ ވަރަށް ނުރައްކާތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމާއި ގުޅިގެން މަޖިލީހުން ރައްޔިތުންނަށް އާސްކް ސްޕީކަރގެ ނަމުގައި މަޖިލީހުގެ ރައީސާއި ސުވާލުކުރުމަށް ފުރުޞަތު ހުޅުވައި ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ކްލަބް، ޖަމްޢިއްޔާއާއި، ޕާޓީތައް އުވާލުމުގެ ވިސްނުމަކަށް ދިއުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއްކަމަށާއި އެއީ ވަރަށް ނުރައްކާތެރި ވިސްނުމެއްކަމަށެވެ. އަދި ޖަމްޢިއްޔާއެއް ކުށްވެރި ނުވާނެކަމަށާއި ޤާނޫނުލްއުޤޫބާތާއި ޚިލާފު އަމަލެއް ޖަމްޢިއްޔާއެއްގައި މަސައްކަތްކުރާ ފަރާތަކުން ހިންގައިފިކަމުގައިވާނަމަ، އެ ފަރާތަކާއި މެދު ފިޔަވަޅުއަޅަންޖެހޭނެކަމަށެވެ.
އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރައީސް ނަޝީދަށް ވަނީ ތަފާތު ސުވާލު ކުރިމަތި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ