ރައީސް ނަޝީދު ޕީޕީއެމާ ވާދަކުރައްވައިފިނަމަ ބަލި ކުރާނަން: އަދުރޭ

އިންތިޚާބެއްގައި ރައީސް ނަޝީދު ޕީޕީއެމާ ވާދަކުރައްވައިފި ކަމަށްވާނަމަ ބަލިކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޭނާ މީހެން ވިދާޅުވީ ބާރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. "އަޅުގަނޑު މިރޭ ބޭނުންވަނީ ރައީސް ނަޝީދަށް ދަންނަވާލަން މަނިކުފާނު ވަޑައިގަންނަވާށޭ ޕީޕީއެމާ ވާދަކުރައްވަން. އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކީ މިތިބީ ކެރިންގެންނޭ މަނިކުފާނު ބަލިކުރަން،" އަދުރޭ ވިދާޅުވިއެވެ. އެހެންމަވެސް އެއަށްވުރެ ކުރީން އިލެކްޝަންސްކޮމިޝަނަށް ރަނގަޅު ބަޔަކު އައްޔަން ކުރެއްވުމަށް އޭނާ ވިދާޅުވިއެވެ.
އިންސާފުވެރި އިލެކްޝަންސް ކޮމިޝަނެއް އޮވެގެން ރައީސް ނަޝީދު ޕީޕީއެމާ ވާދަކުރެއްވި ފަހަރު އޮންނާނީ ބޮޑުތަނުން ބަލިކޮށްފައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އެކަން ކުރެއްވީ ރައީސް ޔާމީން ކަމަށާއި ޔާމީން ބަލިކޮށްލެވޭނެ ސިޔާސީ އެއްވެސް ލީޑަރަކު މިގައުމުގައި ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ފާއިތުވި އިންތިޚާބުތަކުގައި އެކަން އޮންނާނީ ދައްކާފައި ކަމަށާއި ރައީސް ޔާމީން ޖަލަށް ލާފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބަލިކޮށްލެވޭނެ ސިޔާސީ ލީޑަރެއްގައި ރާއްޖޭގައި ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށްނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ