103 ފުޅި ބަނގުރަލާ އެކު ތިން ފިރިހެނުން ހައްޔަރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން 103 ބަނގުރާ ފުޅިއާ އެކު ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޔެ ހަވީރު 16:30 ހާއިރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގުނު ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެމްއެމްއޭ ކައިރިން ތިން މީހަކު 103 ފުޅި ބަނގުރަލާ އެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ އެމީހުން ބަނގުރާ ފުޅިތައް ގެންގުޅުނީ އެ މީހުންގެ ލަގެޖު ތަކުގައި ކަމަށެވެ.
އޮފިސަރު އިތުރަށް ވިދާޅުވީ ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށެވެ. މިތިން މީހުންނަކީވެސް ދިވެހިން ކަމަށް އޮފިސަރު ވިދާޅުވި އެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ