ރޯދަ މަހު ދުވާލު ޗޮކްލެޓު ކާން ހުރި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު ޗޮކްލެޓު ކާން ހުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު ޗޮކްލެޓެއް ކާން ހުއްޓާ ހައްޔަރުކުރީ 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އޭނާ ހައްޔަރުކުރީ މަޖީދީމަގުގައި ހުރި ފިހާރައަކުން ޗޮކްލެޓެއް ގަތުމަށް ފަހު ފިހާރަ ތެރޭގައި ކާން ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. މި އަހަރުގެ ރޯދަ މަހު ދުވާލު ވަގުތު ކައިގެން ބައެއް މީހުން ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މަގްބޫލު އުޒުރެއް ނެތި ރޯދަ މަހު ދުވާލު ކެއުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން މިހާރު ވެސް އަދަބު ދޭ ކަމެކެވެ. ރޯދަ މަހު ދުވާލު ކައިގެން ބައެއް މީހުން ޖަލަށް ލުމަށާއި ގޭގައި ބަންދުކުރަން މީގެ ކުރިން ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ