މުހައްމަދު ޖުނައިދު
އިނޓަރ ޕާލިއަމަންޓަރީ ޔޫނިޔަން (އައިޕީޔޫ) ގެ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މެމްބަރަކަށް އެމްޑީޕީގެ ޕާލިއަމަންޓްރީ ގްރޫޕްގެ ވިޕް އަދި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އީވާ ޢަބްދުﷲ އިންތިހާބުކޮށްފިއެވެ.
ޢީވާ އަބްދުﷲ މިމަގާމަށް ހޮވިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައި، އައިޕީޔޫގެ އޭޝިއާ ޕެސިފިކް ގްރޫޕުގައި ހިމެނޭ ހުރިހާ ގައުމުތަކެއް އިއްތިފާގުން ތާއީދު ކުރެއްވި ކެންޑިޑޭޓް ގޮތުގައި ވާދަ ކުރައްވައިގެންނެވެ.
އަންހެން ޕާލިއަމަންޓަރީ މެމްބަރުންގެ ކޮމިޓީއަކީ ބައިނަލްއަގްވާމީ ޕާލިމަންޓްތަކުގެ ޖަމިއްޔާގައި ހިމެނޭ 159 ގައުމުތަކުގެ ހުރިހާ އަންހެން ޕާލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީއެވެ.
މާރޗް 31 އިން އޭޕްރިލް 5 އަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިޔަށްދާ 126 ވަނަ އިންޓަރ ޕާރލިއަމަންޓަރީ ޔޫނިއަންގައި އީވާ އަބްދުﷲ އަންހެން މެމްބަރުންގެ ކޮމިޓީއަށް ހޮވިވަޑައިގަތުމުން، އެކަމަނާ ވެފައިވަނީ އައިޕީޔޫގެ މަގާމަަކަށް އިންތިހާބުކުރެވުނު ފުރަތަމަ ދިވެހި މެމްބަރަށެވެ.
އިންޓަރ ޕާލިއަމަންޓަރީ ޔޫނިއަންގެ އަންހެން މެމްބަރުންގެ ކޮމިޓީއަށް އީވާ އަބްދުﷲ އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ