ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވުމަށް އެމް.ޑީ.ޕީ. އަށް ރައީސް މައުމޫނު ގޮވާލައްވައިފި

މުޙައްމަދު ޖިނާޙް އަލީ
ރައީސް ޑރ. މުހަންމަދު ވަހީދުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމަށް އެމް.ޑީ.ޕީ. އަށް ދީފައިވާ ދައުވަތު ގަބޫލުކުރުމަށް ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާ މަދަނީ އިއްތިހާދުން އިއްޔެ ބޭއްވި މަހާސިންތާއަށް ރައީސް މައުމޫނު ފޮނުއްވެވި އޯޑިއޯ މެސެޖުގައި ރައީސް ޑރ. ވަހީދު އެކުލަވާލައްވާފައިވާ މަގު ޗާޓާ ބެހޭ ގޮތުން ކުރިއަށް ގެންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުންތަކުގައި އިދިކޮޅު އެމް.ޑީ.ޕީ. އިން ބައިވެރިވެފައިވާތީ އެކަމަށް އެމަނިކުފާނު ވަނީ މަރުޚަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޕާޓީން ރައީސް ވަހީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް މިއޯޑިއޯ މެސުޖުގައި ވިދާޅުވެފައިވެއެވެ."ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ޕީޕީއެމުން ބައިވެރިވެފައި ވަނީ މި މުހިންމު ހަގީގަތް އަޅުގަނޑުމެން ގަބޫލުކުރާތީ. ރާއްޖެ މިހާރު ކަޑައްތުކުރަމުން މިދާ ނާޒުކު ދަނޑިވަޅުގައި ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުރިހާ މަސައްކަތްޕުޅުތަކެއްގައި ޕީ.ޕީ.އެމް. އިން އެމަނިކުފާނަށް ފުރިހަމަ އެއްބާރުލުން އަރުވާނެ ކަމުގެ ޔަގީންކަން އަރުވަން" ޕީ.ޕީ.އެމް.ގެ އިންތިޤާލީ ރައީސްކަން ކުރައްވަމުން ގެންދަވާ މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ