އެމްޑީޕީއާއި ގުޅިވަޑައިގެން އެމްޑީޕީއަށް މެމްބަރުން އިތުރުކުރެއްވުމަށް ފެއްޓެވި ކެމްޕެއިންގެ ތެރެއިން ހަފްތާއެއްގެ ތެރޭގައި 1300 މީހުން އެމްޑީޕީއާއި ގުޅިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި އެމްޑީޕީން މިރޭ ބާއްވަމުންދާ އެއްބުރުން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މީގެ ހަފްތާއެއްކުރިން އެމްޑީޕީއާއި ގުޅިވަޑައިގެންރޭ މެމްބަޝިޕް ޑަރައިވެއް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވީ އެތައް ބައެއްގެ އެދުމުގެ މަތިން ކަމުގައެވެ.
ޝާހިދު ވިދާޅުވީ އެބޭފުޅާ އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ވާހަކަޔަށް އެތައްބަޔަކު ގުޅުއްވައި އެމްޑީޕީއާއި ގުޅެން ބޭނުންވާކަމަށާއި އެމްޑީޕީއާއި އެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ބުނެފައިވާކަމަށެވެ.
އަދި އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އަތޮޅުތަކާއި ރައްތަކުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދުވަނީ ކުރިއަށް އޮތް އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެކަމަށް މީގެ ހަފްތާއެއްކުރިން ކާނިވާ ސަރަހައްދުގައި ވިދާޅުވި ވިދާޅުވުން އަލުން ތަކުރާރުވެސް ކުރައްވާފައެވެ.
ހަތް ދުވަހުގެ ތެރޭގައި 1300 މެމްބަރުން އެމްޑީޕީއާއި ގުޅިއްޖެ: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ